ނުދެއްކި ގިނަދުވަސްވެގެން އަރާފައިވާ ފެނާއި، ކަރަންޓު ޖޫރިމަނާ އެއްކޮށް މައާފް ކޮށްދޭން ރައީސް ނިންމަވައިފި

ކަރަންޓް އަދި ފެން ބިލްތައް ނުދެއްކި ގިނަދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ގެނެސްދިނުމަށް ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށް ދޭން ނިންމެވިކަން ހާމަކުރެއްވީ ރައީސް މުއިއްޒެވެ.
މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދޭން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާ ކަމަށެވެ.
މީގެއިތުރުން  ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވެސް ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ