241 ކޮމެޓީއަށް މެމްބަރު އިލްޔާސް ލަބީބުވެސް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއައިރީގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއާ ސުވާލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއާ ސުވާލުކޮށްފައިވާ ކަމަށެވެ.
241 ކޮމެޓީއަށް ހާޒިރުވުމަށްފަހު މެމްބަރު ލަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހަފްތާގައި 241 ކޮމިޓީގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށާއި އަދި މިއަދު އިންކުއަރީއަށް ބަޔާނެއް ދީފައިވާ ކަމަށެވެ.
މެމްބަރު ލަބީބު ޕާލަމެންޓަރީ އިންކުއައިރީއަށް ބަޔާންދީފައިމިވަނީ ރައީސް ނަޝިދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ލިބި އެކަން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދިދީއަށް ހިއްސާ ކުރެއްވިކަމަށް ވިދާޅުވުމުން އެމްޑީޕީ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިން ހަމަލާގައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ކޮމެޓީން ކުރަމުންދާ ތަހުގީގަށް މިހާތަނަށް ވަނީ ވަޒީރުންނާއި ސިފައިންގެ އިސްވެރިންވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެގޮތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއާއި ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑްވެސް ވަނީ 241 ކޮމެޓީން ކުރިއަށްގެންދާ ތަހުގީގަށް ހާޒިރުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ