ހަފްތާ ބަދިގެ: ޗިކަން ޓާކޯސް


 
ކޮންޓެއިނަރަކަށް ފުށް، ތެޔޮ، ލޮނު އަދި ފެން އަޅައި ފުށްގަނޑު މޮޑެލާށެވެ. ރަނގަޅަށް ފުށްގަނޑު މޮޑެވުމުން މަތި ޖެހުމަށްފަހު 15 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ. އެއަށްފަހު ފުށްގަނޑުން ގުޅަ ޖެހުމަށްފަހު ރޮށި ދަމާ އެތި ބޭނުން ކޮށްގެން ވަށްކޮށް ދަމާލުމަށްފަހު ރޮށްޓެއްހެން ފިހެލާށެވެ.
އެހެން ކޮންޓެއިނަރަކަށް ތެޅި މިރުސް، ދިރި، ގާލިކް ޕައުޑަރު، ލޮނު، ކުކުޅު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅަށް ރަންމުށިކުލަ އަރަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން އުނދުންމަތިން ބޭލުމަށްފަހު ހިހޫ ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ. އެއަށްފަހު ކުދި ތަން ތަންކޮޅަށް ކުކުޅުކޮޅު ކޮށާލާށެވެ.
ކުރިން ފިހުނު ރޮށީގެ ތެރެއަށް ކުކުޅުކޮޅެއް، ޓޮމާޓޯ ކޮޅެއް، ފިޔާކޮޅެއް، އެވޮކާޑޯކޮޅެއް، އަދި ގާނާފައި ހުރި ޗީޒް ކޮޅެއް އެޅުމަށްފަހު ކުޑަ ލުނބޯ ހުތްކޮޅެއް ފިތާލާށެވެ. އަދި ރޮށި ފަތް ޖަހާލާށެވެ. މިގޮތަށް ބާކީ ހުރި ރޮށިތަކަަށްވެސް ހަދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ