ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ބީއެމްއެލްއިން ބުނީ މި ޖަލްސާ އޮންނާނީ ހޮޓެލް ޖެންގައިކަމަށެވެ.
ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 20 މެއިގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި ޖަލްސާ އޮންނާނީ 28 މެއި ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.
މި ޖަލްސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ މީޓިންގ މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ޖަލްސާގައި ހިއްސާދާރުން ޕްރީ-ރަޖިސްޓަރ ކުރުމަށް ހަމަޖެހިފައިވަނީ 9 މެއި އިން ފެށިގެން 26 މެއި ގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. ޕްރީ-ރަޖިސްޓަރ ކުރެވޭނީ އެމްއެސްޑީއެފްގެ އޮންލައިން ޕޯޓަލް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު އީމެއިލްކޮށްގެންނެވެ. އަހަރީ އާންމު ޖަލްސާގައި ހާޟިރުވެ ބައިވެރިވާ ހިއްސާދާރުން ރަޖިސްޓްރީކުރުމަށް ހަމަޖެހިފައިވަނީ 28 މެއި ވަނަ ދުވަހުގެ ރޭގަނޑު 19:00 އިން 20:15 އަށެވެ.
އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުން ފަދަ މުހިންމު ކަންކަން ކުރިއަށްގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ