މޮންޓްވުޑް: ގޭސް އެކުލެވިގެން ނުވާ، މީރުވަސް ދުވާ ބޮޑީ ސްޕްރޭ ދިވެހި ބާޒާރަށް

އެއްވެސް ވަރަކަށް ގޭސް އެކުލެވިގެން ނުވާ އަދި ތަފާތު މީރު ވަހެއް ދުވާ “މޮންޓްވުޑް” ބޮޑީ ސްޕްރޭ ރާއްޖެ ތައާރަފް ކޮށްފި އެވެ. މި ބޮޑީ ސްޕްރޭ ރާއްޖެ ތައާރަފް ކޮށްފައިވަނީ ރާއްޖޭގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސް ވިއްކުމުގައި އެންމެ ފާޙަގަކޮށްލެވޭ އެއް ފިހާރަ ކަމުގައިވާ ޕޮއިސް އިންނެވެ.
މި ބޮޑީ ސްޕްރޭ ތައާރަފް ކޮށްފައިވަނީ މިދިޔަ ހުކުރުވިލޭރޭ، މަޖީދީމަގުގައި ހުންނަ ޕޮއިޒްގެ މައި ފިހާރައިގަ އެވެ. އެ ރަސްމިއްޔާތުގައި މި އުފެއްދުން ތައާރަފްކޮށްދެއްވީ ވީ މީޑިޔާގެ ސީއީއޯ އަދި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި ކުރަމުން އަންނަ މުހައްމަދު އާސިފް (މޮންދު) އެވެ.
މި ބްރޭންޑާއި ބެހޭގޮތުން ޕޮއިސް އިން ބުނެފައިވަނީ އެމެރިކާގެ އިން އުފައްދައިފައިވާ މިބޮޑީ ސްޕްރޭއަކީ އެކި އެކި މުނާސަބަތުތަކުގައި ވެސް ބޭނުން ކޮށްލެވޭނެ ބޮޑީ ސްޕްރޭއެއް ކަމަށާއި އެގޮތުން ކުޅިވަރު ކުޅޭ ފަރާތްތަކަށާއި, އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި, ހަވީރު ފިންޏަށް ބުރު ޖަހަން ދާ ފަރާތްތަކަށް ވެސް މިބޮޑީ ސްޕްރޭ އަކީ ވަރަށް ޚާއްސަ އެއްޗަކަށް ވާނޭ ކަމުގެ ޔަޤީންކަން ޕޮއިސް އިން ވަނީ ދީފައެވެ.
މިރަސްމިއްޔާތުގައި ޕޮއިސް އިން ވަނީ “ލުއީޒާ” ބްރޭންޑްގެ ބޮޑީ ސްޕްރޭ ވެސް އާއްމުންނަށް ތަޢާރަފްކޮށްފައެވެ.
ދެޖިންސުގެ ބޭފުޅުންނަށް ވެސް ޚާއްސަ ވަސްތަކަކާއި އެކު ޕޮއިސް އިން އަލަށް ތައާރަފްކުރި މޮންޓްވުޑް ބޮޑީ ސްޕްރޭގެ އަގަކީ އެންމެ 58 ރުފިޔާއެވެ. ހޯލްސޭލްކޮށް މިބޮޑީ ސްޕްރޭ ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ވަރަށް ޚާއްސަ އަގުތަކެއްގައި ވިއްކަމުންދާނެ ކަމަށް ޕޮއިސް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ