ސްވިޑަންގައި ނަގުތު ފައިސާ ބޭނުންކުރަނީ އެންމެ ދެ ޕަސެންޓް މީހުން
"ކޭޝް ލެސް" ގައުމަކަށް އެންމެ ފުރަތަމަ ވާނެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ ސްވިޑަން އެވެ. މިހާރު ވެސް އެންމެ މަދުން ނަގުދު ފައިސާ ބޭނުން ކުރަނީ ސްވިޑަން ގެ ރައްޔިތުންނެވެ. އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ސްވިޑަންގެ ޖުމްލަ އާބާދީގެ 85 ޕަސެންޓް މީހުންނަކީ އިންޓަނެޓްް ބޭންކިން ބޭނުންކުރާ މީހުންނެވެ. ގައުމުގެ ޖުމްލަ ބޮލަކަށް ޖެހޭ އާމްދަނީއާ އަޅާބަލާ އިރު ފައިސާގެ ނޫޓާއި ވަކި ލާރި ދައުރުވާ މިންވަރު ހައިރާންވަހާ މަދުކަމަށް ސެންޓްރަލް ބޭނުންކުން ވަނީ ބުނެފަ އެވެ. ސްވިޑަންގައި ހަދާ ފައިސާއާ ގުޅޭ ޓްރާންސެކްޝަންތަކަށް ބަލާ އިރު ނަގުދު ފައިސާ އިން ކުރާ މުއާމަލާތަކީ ދެ ޕަސެންޓެެވެ. ވިހި ވިހި އަންނަން ވާ އިރު މި އަދަދު ވެސް ދަށް ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސްވިޑަންގެ ސެންޓްރަލް ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ އެގައުމުގައި ނަގުދު ފައިސާ ދައުރު ކުރާ މިންވަރު މަދުވެފައިވާ އިރު އެގައުމުގެ ފައިސާ އާއި ބޭރު ފައިސާ ވެސް ނަގުދު ފައިސާގެ ގޮތުގައި ސާކިއުލޭޝަން އަށް ދޫކޮށްލާފައި ވަނީ ޑިމާންޑަށްް ބަލާފައި ކަމަށެވެ. ނަގުދު ފައިސާ ބޭނުންކުރަނީ ރެފިއުޖީންނާއި ދޮށީ އުމުރުގެ މީހުން އެކަނި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޑިމާންޑް ނޯންނާތީ ބެންކުތަކުން ވެސް ނަގުދު ފައިސާ އާ ގުޅޭ ޓްރާންސެކްޝަން ކުރިއަށް ގެންދަން ވެސް ދަނީ ދެކޮޅުހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ