ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހައްޔަރުކޮށްފިއެވެ.
މަހުލޫފް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. މަހުލޫފްގެ އިތުރުންވެސް މުޒާހަރާގެ ތެރެއިން އިތުރު މީހުންތަކެއްވެސް ރޭވަނީ ހައްޔަރުކޮށްފައެވެ.
އެއްވުން ރޫޅާލާނެކަމަށާއި އަދި އެސަރަހައްދު ދޫކޮށް ދިއުމަށް މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ރޭ އިންޒާރުދެމުން ދިޔަ ނަމަވެސް ބައިވެރިން ތިބީ އިހްތިޖާޖުގައެވެ.
މަހުލޫފް ރޭ ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ އެސްއޯ ކުރީގެ ކޮމާންޑަރު ސައިފްވެސް މިރޭވަނީ ހައްޔަރުކޮށްފައެވެ.
މެމްބަރު މަހުލޫފް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ