ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އީސަ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ހައްޔަރުކޮށްފި އެވެ.
އީސަގެ އާއިލާ އިން ބުނީ މިއަދު ހަވީރު އީސަ ހައްޔަރުކުރީ މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ފުލުހުންގެ އަށެެއްކަ މީހުން އެގެއަށް ގޮސް ކަމަށެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަމަވެސް ފުލުހުން އީސަގެ މައްސަލާގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފުލުހުން މިއަދު ވަނީ އެމްޑީޕީގެ އިތުރު ދެ އެކްޓިވިސްޓަކު ވެސް ހައްޔަރުކޮށްފަ އެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ޔޫސުފް ސައިމަންއާއި، ޕައްޕިގެ ނަމުން މަޝްހޫރު އެކްޓިވިސްޓެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މި ދެތިން ދުވަހު ގެންދެވޭ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މާދަމާ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.
ފުލުހުން ވަނީ މާލޭގައި މާދަމާ ބާއްވާ އެއްވުމަކީ ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ބާއްވާ އެއްވުމަކަށް ވާތީ މިފަދަ އެއްވުމަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ