ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މައްޗަށްކުރާ ދައުވާ ފަސްކޮށްދިނުމަށް އެދިއްޖ


ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިއަމަންތެރި ވުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިމަހުގެ ސަތާރަ ވަނަދުވަހުގެ ފަހުގެ ތާރީޚަކަށް ފަސްކޮށްދިނުމަށް އުމަރު ނަސީރުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
 
އުމަރު ނަސީރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށް އުމަރުގެ ވަކީލު އެދުނީ މިނިސްޓަރ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީއެވެ.
 
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، މިނިސްޓަރ ނެދަލެންޑްސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަ ވަނަ ދުވަހުކަމަށެވެ.
 
މިނިސްޓަރ ރާއްޖޭގައި ނޫޅުއްވާތީ ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އުޅުނު ޝަރީއަތް ކެންސަލް ކޮށްފައިވާއިރު، އެންމެ ފަހުން ތާވަލު ކުރި ދެ އަޑުއެހުން ވެސްވަނީ ބޭއްވޭ ގޮތް ނުވެފައެވެ.
 
 
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭވީސްވަނަ ދުވަހުއޭރުގެ އިދކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާ ތަކުގެތެރޭގައި، ދައުލަތުގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށްބުނެއެވެ. ނަމަވެސް އެ ދައުވާއަށް މިނިސްޓަރ އުމަރު ނަސީރު ވަނީ އިންކާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ