ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ވަޑައިގެން ރައީސް މައުމޫން ކީރިތި ކުރައްވައިފި

ގުޅިފައިވާ ޕާޓީތަކުގެ މިރޭގެ ޖަލްސާ އަށް ވަޑައިގެންނެވުމުން ސަޕޯޓަރުންގެ ތަރުހީބު ފެނުމާއިއެކު ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކީރިތި ކުރައްވައިފި އެވެ.
ރައީސް މައުމޫން ޖަލްސާ އަށް ވަޑައިގެންނެވި އިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ތިއްބެވި އެވެ. ރައީސް މައުމޫނު ހޯލަށް ވަޑައިގަތުމާ އެކު، "ތީޔައީ ޒައީމޭ އަދު..." ލަވަ ބާރަށް ޖަހަން ފެށި އެވެ. އަދި ރައީސް މައުމޫނު އިށީނދެ ވަޑައިގަތުމާ އެކު، އެންމެހެން ކޮޅަށް ތެދުވެ އަތް ޖަހަން ފެށުމާ އެކު މައުމޫންގެ ލޯފުޅުން ކަރުނަ ފޮދު އޮހޮރިގެން ދިޔަ އެވެ.
ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރެއްވުމަށްފަހު މިރޭގެ ޖަލްސާ އަށް މައުމޫން މި ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރު ކުރުމަށް ޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ