މިއަނިޔަވާރިކަމުން ސަލާމަތްވުމަށް އެދޭ ވަރުން ގިޔާމަތްވުން އަވަސް ވުމަށް އެދޭ ރައްޔިތުން ވެސް މަދެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ ވިދާޅުވާވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މުސްޠަފާގެ ޓްވީޓްގައި ވިދާޅުވީ "މިއަނިޔާވެރިކަމުން ސަލާމަތްވުމަށް އެދޭ ވަރުން ގިޔާމަތްވުން އަވަސް ވުމަށް އެދޭ ރައްޔިތުން ވެސް މަދެއް ނޫން. އޭ ސަހަރޯ.. މިޔޮއް ވެރިކަމެއް"
ޤިޔާމަތްވުމަކީ ހަޤީޤަތެކެވެ. ނަމަވެސް ޤިޔާމަތް ވާނެ ވަގުތަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެހެން މީހަކަށް އެނގިގެންވާ ކަމެއްނޫނެވެ. ހުދު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަން އެނގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނުވަނީ އެ ޤިޔާމަތް ދުވަހުގެ ޢަލާމާތްތައް ބަޔާން ކޮށްދެއްވާފައެވެ. އެއީ އެކަލޭގެފާނަށް އެކަންތައްތައް އެނގުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ބަޔާންކޮއްދެއްވުމުންނެވެ. މުސްލިމުންގެ އަޤީދާ މިކަމުގައި އޮންނަން ޖެހޭ ގޮތަކީ މިއެވެ.
ޤިޔާމާތްވާނެ ވަޤުތަކީ އެއްވެސް މީހަކަށް އެނގޭނެ ވަގުތެއްނޫނެވެ. އެކަން އެނގިވޮޑިގެންވަނީ ހަމައެކަނި އާލާމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي
މާނައީ : އެބައިމީހުން ޤިޔާމަތް ދުވަސް އަންނާނެ ވަޤުތާއި ބެހޭގޮތުން ކަލޭގެފާނާއި ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމުގެ ޢިލްމު ލިބިވޮޑިގެންވަނީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރި ރައްބަށެވެ.
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއް ލުޤުމާނުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّـهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ ﴿٣٤﴾
މާނައީ : "ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަޤުތު (ހަމައެކަނި) ދެނެވޮޑިގެންވަނީ ﷲ އެވެ. އެއިހާލު ވާރޭ ވެއްސަވައެވެ. އަދި ރަޙިމްތަކުގައި ވަނީ ކޮންއެއްޗެއްކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މާދަމާ މެދުވެރިވާނީ ކޮންކަމެއްކަން ނޭންގޭ ހުއްޓެވެ. އަދި އެއްވެސް ނަފުސަކަށް އެނަފުސެއް މަރުވާނީ ކޮންބިމެއްގައިކަންވެސް ނޭންގޭހުއްޓެވެ. ހަމަކަށަވަރުން ﷲއަކީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހެވެ."
މިއަނިޔާވެރިކަމުން ސަލާމަތްވުމަށް ޤިޔާމަތް ވުން އަވަސްވުމަށް އެދޭ ރައްޔިތުން މަދެއް ނޫން – މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ