މިއަދު ގއ. ވިިލިނގިލީގައި މަހާރެހެންދި އީދު ކުޅިވަރުގެ 1438ގެ ނަމުގައި ބޭއްވި އީދު ހަރަކާތްތަކަކީ ޕީޕީއެމް މައި ޖަގަހައިން އިސްނަގައިގެން ބޭއްވި ހަރަކާތްތަކެއް ކަމަށާއި މިގޮތަށް ޕީޕީއެމް އިން އިސް ނަގައިގެން މި ހަރަކާތްތަށް ބާއްވަން ޖެހުނީ ވިލިނގިލީގެ އެމްޑީޕީ މެޖޯރިޓީ ކައުންސިލުން އެއްވެސް އީދުގެ ހަރަކާތެއް ރާވާފައި ނުވާތީ ކަމަށް ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހިމް ރަޝީދް ވިދާޅުވެއްޖެއެވެ.
މިވަގުތު ވިލިނގިލީގައި ހުންނެވި އިބްރާހިމް ރަޝީދް ވިދާޅުވީ ވިލިނގިލީގައި އީދު ކުލަގަދަކޮށް ފާހަގަ މިކުރެވުނީ ޕީޕީއެމްގެ މައި ޖަގަހައާއި ކާފާ ފައުންޑޭޝަނާއި ގުޅިގެން މެޑަމް ފާތުންގެ ބޯޑެތި އެހީތަކާއެކު ކަމަށެވެ.
މުކުޅިވަރުތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ ޔާމީންއާއި އޭނާ ހިމެނޭ ޓްރައިބް ބޭންޑް ވިލިނގިއްޔަށް ގެނެސް ޕީޕީއެމް މައި ޖަގަހާގައި ވަރަށް ހާއްސަ މިއުސިކް ޝޯއެއްވެސް ވަނީ ބާއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި މުސިކްޝޯގައި ރައިސް ޔާމިންގެ ކެމްޕެއިންއަށް ގެނައި ތަކެތި ބޭނުންކޮށްގެން އުފެއްދި ބޮޑުބެރު ގްރޫޕެއް ކަމަށްވާ "ޔަގީން" އިންވެސް ވަނީ ބައިވެރިވެފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"މިގޮތަށް އަޅުގަނޑުމެން ގެންދަން މިޖެހުނީ ހަމަ އެއްވެސް ގޮތަކަށް ވިލިނގިލީގެ ކައުންސިލުން ބޭނުމެއް ނުވޭ އީދުގެ އެއްވެސް ކުޅިވަރެއް ބާއްވާކަށް. އެމީހުން ބޭނުންވަނީ ވިލިނގިލީގެ ރައްޔިތުން މާޔޫސް ކަންމަތީގަ ބައިތިއްބަން. އެފުރުސަތު އެމީހުންނަށް ފަހިކޮށްދޭން ބޭނުން ނުވާތީ އަޅުގަނޑުމެން އިސްނަގައިގެން ކާފާ ފައުންޑޭޝަންއާއި އަދި މެޑަމްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކީ އަޅުގަނޑުމެން މި ހަރަކާތްތަށް ކުރިއަށް މިގެންދިޔައީ". ރަޝީދް ވިދާޅުވިއެވެ.
އަދި މިރޭވެސް މައި ޖަގަހަ ކުރިމަތީގައި އެކި އެކި ހަރަކާތްތަށް ބާއްވަން ހަމަޖައްސާފައި ވާނެ ކަމަށްވެސް ރަޝީދް ވިދާޅުވިއެވެ. އަދި އެހެންމެ މާދަމާވެސް އީދުގެ ހާއްސަ ހަރަކާތްތަކެއް ވިލިނގިލީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"މަހާރެހެންދި އީދު ކުޅިވަރުގެ 1438ގެ ނަމުގައި އަޅުގަނޑުމެން އިއްޔެއިން ފެށިގެން ފެއްޓި ހަރަކާތްތަކުގައި ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި އީދު ކުޅިވަރުތަކަށް ލިބުނު. އަދި އީދުގެ ކުޅިވަރުތަށް ބެލުމަށްޓަކައި ދުވަހަކުވެސް މީހުން މަގުމައްޗައް ނުނިކުންނަ ވަރަށް މިވަނީ ނުކުމެފަ."
ރަޝީދް ވިދާޅުވީ ވިލިނގިލީގެ ރައްޔިތުން މާޔޫސްކަންމަތީގައި ބައިތިއްބަން ރައީސް ޔާމީނަށް ސަޕޯޓުކުރާ ޕީޕީއެމްގެ އެކްޓިވިސްޓުން ބޭނުންނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މައި ޖަގަހައިން އިސްނަގައިގެން މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
ވިލިނގިލީގެ އެމްޑީޕީ މެޖޯރިޓީ ކައުންސިލުން ބޭނުންވަނީ ރައްޔިތުން މާޔޫސް ކަންމަތީގަ ބައިތިއްބަން - ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ