ބިލު ނުދައްކައިގެން ކޮޅުފުށި ކައުންސިލުން ކަރަންޓު ކަނޑާލައިފި

ކަރަންޓު ބިލު ނުދައްކާތީ މ.ކޮޅުފުށި ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލައިފިއެވެ.
ކޮޅުފުށި ކައުންސިލުގެ ރައީސް ހުސައިން ޝާމިލު ވީއެފްޕީއަށް ވިދާޅުވީ ކަރަންޓު ކަނޑާލީ ބިލު ނުދައްކައިފި ނަމަ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދިނުމަށްފަހު ކަމަށެވެ.
އާބާދީގައި 1410 މީހުން އުޅޭ ކޮޅުފުއްޓަށް ކަރަންޓުގެ ހިދުމަތް ދެމުން ދަނީ ފެނަކައިންނެވެ. މިހަބަރާއި ގުޅިގެން ފެނަކައިގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކޮޅުފުށި ކައުންސިލު އިދާރާގެ މިއަހަރުގެ އެޕްރީލު މަހުގެ ކަރަންޓު ބިލުގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޮބަރު މަހާއި ނޮވެމްބަރު މަސް އަދި ޑިސެމްބަރު މަހުގެ ބިލު ވެސް ދައްކާފައެއް ނުވެއެވެ.
"އަޅުގަނޑުމެން ވާނީ ފެނަކައިން ފޮނުވި އިންޒާރު ފިނޭންސަށާއި އެލްޖީއޭއަށް ވެސް ފޮނުވާފައި. ބިލު ނުދެއްކިފަ އޮތީ ބިލަށްވާ ފައިސާ ފިނޭންސުން ނުފޮނުވައިގެން" ޝާމިލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ