ބޭރުގެ ފަރާތްތަކާއި ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފި

ބޭރުގެ ފަރާތްތަކާއި ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ސަރުކާރު ހިންގާޕާޓީ ޕީޕީއެމުން ތުހުމަތު ކޮށްފިއެވެ.ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަސް މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ސުމޮޓޯ މައްސަލައަށް އެމްޑީޕީން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާއި އެކަން އެމްޑީޕީން ކުރަމުން ގެންދަނީ ބޭރުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން ކަމަށެވެ.އަދި އެމްޑީޕީން އެކަން އެގޮތައް އެކުރަނީ ސުޕްރީމް ކޯޓުގެ އަގު ވައްޓާލުމުގެ ގޮތުން ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.ރާއްޖޭގެ އެކިއެކި މުއައްސަސާތަކުގެ ހުރުމަތް ކަނޑުވަން އެމްޑީޕީން ކުރާ މަސައްކަތަކީ ޕީޕީއެމް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީއަށް ގެއްލުން ހުރި އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާނޭ ކަންކަން ކަމަށާޢި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވެސް މިއިން ނުރަނގަޅު އަސަރު ކުރުވާނެ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެޕީޕީއެމުން ބުނެފައިވަނީ ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކޮށް މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެއަށް ބައިނަލް އަގުވާމީ މުޖުތަމައުން އިހްތިރާމާއި ތާއީދު ހޯދާފައި ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ