މެލޭޝިއާގެ އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ)ގެ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ އޯޕަންޑޭ މާދަމާ ހިތަދޫ ސްވާދީވް ކެެފޭގައި ބާއްވަން ނިންމައިފިއެވެ.
އޯޕަންޑޭ އިންތިޒާމް ކުރާ ފަރާތުން 'އައްޑޫލައިވް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި މާދަމާ ހަވީރު 3 އިން ފެށިގެން ރޭގަނޑު 10 ޖެހުމާއި ހަމައަށް މައުލޫމާތު ދިނުން ކުރިއަށް ގެންްދާނެއެވެ.
މި ހަރަކާތުގައި އެ ޔުނިވަސިޓީގެ ކޯސް ތަކުގެ މައުލޫމާތާއި، އެޑްމިޝަން ތާރީހުތަކާއި ކޯސް ފީގެ މައުލޫމާތު ދިނުން އޮންނާނެއެވެ.
މިއީ އައްޑޫގެ ކިޔަވާ ކުދިންގެ ތެރެއިން މެލޭޝިއާގައި ކިޔަވަން ބޭނުން ކުދިންނަށް ކޯސްތަކާއި ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތު ހޯދާލުމަށް ލިބިުގެންދާނެ ރަނުގެ ފުރުސަތެކެވެ.
ދުނިޔޭގެ 120 ގައުމަކުން 11،000 އެއްްހާ ދަރިވަރުން ކިޔަވަމުން އަންނަ އޭޕީޔޫ ޔުނިވާސިޓީ އަކީ މެލޭޝިއާގެ އެންމެ މަޝްހޫރު އެއް ޔުނިވަސިޓީއެވެ. މި ޔުނިވާސިޓީން ކިޔަވައިދޭ ތަފާތު ޕްރޮގްރާމް ތަކުގެ ތެރޭގައި އައިޓީ، ބިޒްނަސް އެންޑް މެނޭޖްމަންޓު، އިންޖިނިއަރިން، ކޮމްޕިއުޓަރ ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، އެނިމޭޝަން، އެމްބީއޭ، އަދި އެކައުންޓިން އަދި ބޭންކިން ފައިނޭންސް ހިމެނެއެވެ.
މިހާރުވެސް ގިނަ އަދަދެއްގެ އައްޑޫ ދަރިވަރުން އޭޕީޔޫން ގްރެޑުއޭޓު ވެފައިވާ އިރު މިހާރުވެސް އެކި ޕްރޮގްރާމްގައި އައްޑޫ ދަރިވަރުންތައް ދަނީ މި ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުންނެވެ.
އޯޕަންޑޭ އާއި ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 7731485 ނަންބަރު ފޯނަށް، ވައިބަރ، ވަޓްސްއަޕް ކޮށްގެން މައުލޫމާތު ލިބޭނެއެވެ.
އޭޕީޔޫގެ އޯޕަންޑޭ މާދަމާ ހަވީރު ސުވަދީވްގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ