މިއަދު ހަވީރު ބޭނުން މީހަކަށް ބްރިޖު މަތީ ހިނގާލެވޭނެ

މާލެއާއި ހުޅުލެއާ ދެމެދު ތަރައްގީކޮށްފައިވާ "ސިނަމާލެ ބުރިޖު" މަތީގައި ހިނގާލަން ބޭނުންވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އެފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ބްރިޖުގައި ހިނގާލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު ބްރިޖުގެ އެއްކޮޅުން އަނެއް ކޮޅަށް އެއްވެސް ދުއްވާ އުޅަނދެއްގެ އުނދަގުލެއް ނެތި މިއަދު ހިނގާލެވޭނެއެވެ. ސްޓްރޯލާ ފަދަ ފުރޮޅުލީ ގޮނޑި ބްރިޖުމަތީގައި ހިނގާލަންދާ ފަރާތްތަކަށް ގެންދެވޭނެއެވެ.
މާލެއާ ހުޅުލެއާ ދެމެދު ތަރައްގީކޮށްފައިވާ ތާރީހީ ބްރިޖުގައި އާއްމުންނަށް ހިނގާލުމަށް މިއީ ހުޅުވާލި ފުރަތަމަ ފަހަރެވެ. އެތަނުގައި ދަތުރު ފަތުރު ކުރުމަށް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހެވެ. މިދިޔަ މަހުގެ 30 ގައި ބްރިޖު ރަސްމީކޮށް ހުޅުވާފައިވާއިރު އިއްޔެވަނީ އެތަނުގައި އަލަތު ފަސް ކައިވެންޏެއް ކޮށްފައެވެ. އަދި މިއަދު ހެނދުނު ވަނީ ބައިސްކަލު ބުރެއް ވެސް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ