ރިޔާސީ ގަނޑުވަރުގައި ޖީއައިޕީ އާއި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު ކަމުގައިވާ ހިލާލީގޭގައި ގައުމައިގެން ކުރިއަށް ކޯލިޝަންގައި ހިމެނޭ ދެޕާޓީ ކަމުގައިވާ ގައުމީ އިއްތިހާދު (ޖީއައިޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކައުންސިލް ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ.
މިބައްދަލުވުމުގައި ރައީސް ޑރ.މުޙައްމަދު ވަޙީދު އާއި ރަނިންގް މޭޓް އަހްމަދު ތަސްމީން އަލީ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަދި ދެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސް ވަޙީދު ހިލާލީގޭގައި ކެންޕޭން ހަރަކާތްތައް ފެއްޓެވީ ރޭ އެމަނިކުފާނު ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ބޭނުންވާ ސޮއި ހޯއްދަވަން ބޭއްވެވި ހަރަކާތާއި އެކުއެވެ.
ރައީސް ވަޙީދު އިންތިޙާބުގައި ވާދަކުރެއްވުމަށްޓަކައި ހިލާލީ ގޭގައި ސޮއި ހޯއްދެވުމުގެ މަސައްކަތާއި ޕާޓީގެ ބައްދަލުވުންތައް ފާޅުކަން ބޮޑު ގޮތެއްގައި ބާއްވާމުން ދާތީ މިއަދު ޕީޕީއެމް އިން ވެސް ބުނެފައި ވަނީ އެއީ ކޮރަޕްޝަން އިންތިހާއަށް އެކުލެވިގެންވާ ކަމެއް ކަމަށެވެ.
ނަމަވެސް ހިލާލީގޭގާއި ކެންޕޭން ހަރަކާތްތައް ހިންގުމާއި ބެހޭ ގޮތުން ގައުމައިގެން ކުރިއަށް ކޯލިޝަނުން މިހާތަނަށް ވަކިއެއްޗެކޭ ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ