އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ބެހޭ ބޮޑު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް އިންޑިއާއަށް ފުރާވަޑާއިގެންފިއެވެ.
އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ މި ބައްދަލުވުގައި މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވާކަމަށެވެ.
"އެއް ފަހަރު ރައީސް ކަމުގައި ހުރެގެން، އޭގެ ފަހުން ރައީސް ކަމުން ވަކިވުމަށް ފަހުގައިވެސް އެ ޖަލްސާއަށް ދިޔައިން." ރައީސް މައުމޫން ވިދާޅުވިއެވެ.
އެންވަޔަރަމެންޓް އެންޑް ރިސާޗް އިންސްޓީޓިއުޓްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި، ތިމާވެށި ދިރާސާ ކުރައްވާ މާހިރުންނާއި ފަންނުވެރިންގެ އިތުރުން ބައެއް ޤައުމުތަކުގެ ވެރީންވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ބައްދަލުވުން އިންތިޒާމް ކުރައްވާ ފަރާތުން ދެއްވި ދައުވަތަކަށް ރައީސް މައުމޫނު ކުރައްވާ މި ދަތުރުފުޅުގައި، ބައްދަލުވުމުގެ އާންމު ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެޤައުމުގެ އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު ދާނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން. ގޮސް އެމަނިކުފާނާ ބައްދަލުކޮށް ތަޙުނިޔާ ދަންނަވައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެވޭނެ."، ރައީސް މައުމޫނު ވިދާޅުވިއެވެ.
ތިމާވެއްޓާ ބެހޭ ބައްދަލުވުމަކަށް މައުމޫނު އިންޑިއާއަށް ފުރާވަޑައިގެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ