މާލެ-ހުޅުމާލެ ކަރަންޓް ވިއުގައިގެ މާލޭ ޓްރާންސްފޯމާ ސްޓޭޝަންގެ މަސައްކަތް ފަށައިފި

މާލެ-ހުޅުމާލެ-ހުޅުލެ އެއް ނެޓްވޯކަކުން ގުޅާލަން މާލޭގައި ޓްރާންސްފޯމަރު ބަހައްޓާ އިމާރާތުގެ މަސައްކަތް ފަށައިފި އެވެ. އެ މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ކޮންކްރިޓް އެޅުމުގެ މަސައްކަތް ކަމަށެވެ. "ހުޅުމާލޭގައި އަޅުގަނޑުމެން ޓްރާންސްފޯމަރު ނިންމުމުގެ މަސައްކަތް ކުރިއަށްއެބަގެންދޭ. މި މަސައްކަތް ނިމުމަށްފަހު މާލެ ވަރަށް ބޮޑަށް ސެކިއޯވެގެން ދާނެ. ދެން ގްރޭޓާ މާލެ ސަރަހައްދުގައި ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ." މުޣުނީ ވިދާޅުވި އެވެ. މުޣުނީ ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރު ތެރޭގައި ނިމޭނެ ކަމަށެވެ. "މި ޓްރާންސްފޯމަރުތައް މި ބޭނުންކުރަނީ ހުޅުމާލޭގައި އަޅުގަނޑުމެން އެންމެ ފަހުން އެޅި 50 މެގަވޯޓުގެ ޕަވާޕްލާންޓުން ޕަވާ ކެރީ ކުރުމަށްޓަކައި،" މުޣުނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގައި ބަހައްޓާ ޓްރާންސްފޯމާ ސްޓޭޝަންގައި 50 މެގަވޯޓުގެ ދެ ޓްރާންސްފޯމާސް ބަހައްޓާނެ ކަމަށެވެ. "މާނައަކީ ގާތްގަނޑަކަށް 100 މެގަވޯޓުގެ ކަރަންޓް ކެރީ ކުރެވޭނެއާ މާލެއާ ހުޅުމާލެއާ ދޭތެރޭ،" މުޣުނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ