ދަގަނޑޭގެ ހެޓްރިކުން ގުރީން ގަދަ ހަތަރަކަށް

އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާއެކު 8-2 ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް ކާމިޔާބު ހޯދައި ކުލަބު ގްރީން ސްޓްރީޓް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި ލީގްގެ ފުރަތަމަ ބުރު ނިިންމާލައިފި އެވެ.
މިއަދުގެ މެޗުން ހޯދި މޮޅާއެކު ޖުމުލަ 15 ޕޮއިންޓް ހޯދައިގެން ގުރީން މިވަގުތު އޮތީ ދެ ވަނައިގަ އެވެ. މިރޭ ޓީސީ އާއި ށ. ފޯކައިދޫ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ގުރީން މިހާރު އޮތް މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. މިރޭގެ މެޗުން ޓީސީ މޮޅު ވެއްޖެނަމަ ގްރީން އާ އެ އަދަކަށް ޕޮއިންޓް ހޯދާނެ އެވެ. އޭރުން ދެން ބަލާނީ ލަނޑުގެ ތަފާތަށެވެ.
މާދަމާ ދަ ގުރާންޑޭ އާއި ކުލަބު އީގަލްސް ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތުން ގުރީންގެ މަގާމަށް ބަދަލު އަންނާނެ އެވެ. އެހެންމަވެސް ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ފުރަތަމަ ބުރު ގުރީން އިން ނިންމާލާނީ ހަތަރު ވަނައިގައި އޮވެގެންނެވެ.
މިއަދުގެ މެޗުގައި އަޝްފާގް ވަނީ ފަސް ލަނޑު ޖާހަފަ އެވެ. ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ހޯދައި ދެ ހެޓްރިކާ ވަރަށް ގާތަށް އަޝްފާގް ދިޔަ އެވެ. ފުރަތަމަ ހާފުގައި އޭނާ ހެޓްރިކު ފުރިހަމަ ކޮށްފަ އެވެ.
އޭނާގެ އިތުރުން ދެން ގުރީން އަށް ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ރިޝްވާން (ފުކޭ) އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި އަބްދުﷲ ޔާމީން (ޔާން) އެވެ. އެ ތިން ކުޅުންތެރިންވެސް ލަނޑު ޖެހީ އަޝްފާގް ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ.
ޔުނައިޓަޑް ވިކްޓަރީގެ ލަނޑުތައް ކާމިޔާބު ކުރީ ކެޕްޓަން އަހްމަދު ނާޝިދު (ނާއްޓޭ) އާއި މިރާހް މުހައްމަދު (މިރާޓީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ