ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު އިތުރުވަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން އދ. އަތޮޅުގެ ތިން ރަށަކަށް ކުރި ދަތުރުތައް ނިންމާލުމަށްފަހު މާލެ ވަޑައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުން ފެނިގެން ދިޔައީ ރައްޔިތުން ސަރުކާރާ މެދު މާޔޫސްވެފައިވާ މަންޒަރު ކަމަށެވެ. އަދި އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވެގެންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އަތޮޅުތެރެއަށް ކުރި މި ދަތުރަކީ، ރައްޔިތުންގެ ވިސްނުން މިހާރު ހުރިގޮތް ބަލައި އޮޅުންފިލުވުމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރަމުން ގެންދާ ދަތުރެއް ކަމަށެވެ. އަދި ޕާޓީ އިތުރަށް ވަރުގަދަކޮށް މެންބަރުން އިތުރު ކުރުމަކީ ވެސް މި ދަތުރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ދަތުރުފުޅުގައި އ.ދ މަހިބަދޫ، ކުނބުރުދޫ އަދި ދަނގެއްޗަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފައެވެ.
ސަރުކާރާމެދު ރައްޔިތުން މާޔޫސްވެއްޖެ، ރައީސް ޔާމީނަށް އޮތް ތާއީދު ދަނީ އިތުރުވަމުން: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ