ސުޕްރީމް ކޯޓުން ސިވިލް ކޯޓް ގާޒީއަކު ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުން އަލުން ބަލައި ދައުލަތުގެ މައްޗަށް އަމުރެއް ނެރުނު މައްސަލައެއްގައި ސިވިލް ކޯޓްގެ ގާޒީ، ސ. ފޭދޫ ބްލޫމޫން މަރިޔަމް ވަހީދު ސަސްޕެންޑް ކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ވ. ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް، މެރިން ޓެކްނޮލޮޖީސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއް އެކުލަވާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ކަމަށާއި އެފަދަ އެއްބަސްވުމެއް އެކުލަވާލަން ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމެއްކޮށްފައި ވަނިކޮށް، ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދު އެ ކޯޓްގެ ގަޒިއްޔާއަކުން އަލުން އެ މައްސަލަ ބަލައި އެ ރަށް ހަތް ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީސްއަށް ކުއްޔަށް ދޫކުރަން އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުގެ މައްޗަށް އަމުރެއް ކުރި އެވެ.
އެ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ގާޒީ މަރިޔަމް ވަހީދު އެފަދަ ހުކުމެއް ކުރެއްވީ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ރާއްޖޭގެ ކޯޓްތަކުގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ވެސް މުޅިން ހިލާފަށް ކަމަށެވެ. އެހެން ކަމުން، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސއްޔަތު މަރިޔަމް ވަހީދަށް ގެއްލިފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވެ އެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ