ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގައި އަލުން ކަރަންޓް ކޭބަލް އެޅުމަށްޓަކައި ކޭބަލް ގަތުމަށް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ.
ފެނަަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭބަލް ގަތުމަށް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމުގައިވާ އިލެކްޓްރޯ މެޓަލް ޕްރަސީން ކުންފުންޏަށެވެ. މި އެއްބަސްވުމުގެ ދަށުން ކޭބަލް ގަތުމަށް 4.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު 30 ދުވަހުގެ ތެރޭގައި ކޭބަލް ރާއްޖެއަށް ގެންނާނެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ގަންނަން ހަވާލުކުރި ކޭބަލްތައް ލިބުމުން ދިއްދޫއާއި ކެނދިކުޅުދޫގެ ކަރަންޓް ކޭބަލް އަޕްގްރޭޑް ކުރެވި ކަރަންޓް ލިބުން ދަތި ސަރަހައްދުތަކަށް ޓްރާންސްފޯމަރުތައް ބަހައްޓައިގެން ކަރަންޓް ލިބޭނެ ގޮތް ހަދައިދޭނެއެވެ.
އަދި ދިއްދޫގެ މަގުތައް ތާރުއަޅައިގެން ހެދުމަށް ނިންމާފައިވާތީ އެމަސައްކަތް ނިމުމުން މަގު ކޮނެ ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ ދިއްދޫގައި ކޭބަލް އެޅުން އަވަސްކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދިއްދޫ އާއި ކެނދިކުޅުދޫގެ ކަރަންޓް ކޭބަލް ނެޓްވޯކަށް ކޭބަލް ގަތުމަށް ބަޔަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ