އިންޓަ ސްކޫލް ފުޓްބޯޅަ: އިމްރާން ގްރޫޕްގެ އެއްވަނައަށް އަހުމަދިއްޔާ ޖެހިލައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ހެދުނު ކުޅުނު މެޗް 2-0 ލަނޑުން އަހުމަދިއްޔާ ސުކޫލް ކާމިޔާބުކޮށް، ގްރޫޕްގެ އެއް ވަނަ މަޤާމަށް ޖެހިލައިފި އެވެ.
މިއަދު މެޗްގެ ފުރަތަމަ ލަނޑު އަހުމަދިއްޔާއިން ޖަހައި ކުރިހޯދައި ދިނީ މެޗްގެ 33 ވަނަ މިނެޓްގައި ފަސަން ވަލީދެވެ. އަދި ދެވަނަ ލަނޑު މެޗް 42 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ތިބްޔާން އަހުމަދެވެ.
މަޖީދިއްސާ ސުކޫލާ ވާދަކޮށް އިމްރާން ގްރޫޕްގެ އެއް ވަނަ މަޤާމަށް އަހުމަދިއްޔާ ޖެހެލިއިރު، މެޗުން ބަލިވި މަޖީދިއްޔާ އޮތީ ގްރޫޕްގެ ދެ ވަނާގ ައެވެ. އަދި މިގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗް އޮތް އިރު، މަޖީދިއްޔާ ދެން ބައްދަލުކުރާނީ ވިލިމާލޭ މުހިޔުއްދީން ސްކޫލާ އެވެ. އަދި އަހުމަދިއްޔާ ބައްދަލު ނުކުންނާނީ އިމާދުއްދީން ދެކޮޅަށެވެ.
މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ އައްސަދު ގްރޫޕްގެ އަރަބިއްޔާ އާއި ގަލޮޅު މަދަރުސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ