ގާސިމްގެ ހިއްސާ އޮންނަ ވިޔަފާރި ތަކާއި ދޭތެރޭ ސަރުކާރުން ދާދިފަހުން އަޅާފައިވާ ފިޔަވަޅު ތަކަކަކީ ޤާނޫނާއި ހިލާފަށް އަޅާފައިވާ ފިޔަވަޅު ތަކެއް ކަމަކަށް ގާސިމް އިބުރާހިމް ވެސް ވިދާޅެއް ނުވިއެވެ.
ގާސިމްގެ ހިއްސާ އޮންނަ ވިޔަފާރި ތަކާއި ދޭތެރޭ ސަރުކާރުން އެޅި ފިޔަޅުތަކަކީ ޤާނޫނާއި ހިލާފަށް އަޅާފައިވާ ވިޔަވަޅުތަކެއް ކަމަށް ޖުމްހޫރީ ޕާޓީން ކުރިން ބުނި ނަމަވެސް މަޖިލީހުގެ ޖަލްސާ އަށް ފަހު މިރޭ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ " ގާނޫނުގެ ހުދޫދުގެ ތެރެއިން ދާންޖެހޭ ކަންތައްތަކެއް، އުސޫލާ އެއްގޮތަށް ކަންތައްތަކެއް ހިނގައިދާނެ. ދެން ފަހަރެއްގައި އެހެން ކަމަށް ވެސް ވެދާނެ ނުވަތަ ނޫން ކަމަށް ވެސް ވެދާނެ" ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން މިރޭ ފާސްވި ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިހްލާސްތެރިކަން ހުރެއްޖެނަމަ އެސްއީޒެޑްގެ ސަބަބުން "ރަނގަޅު ގޮތުގައި އޭގެ މަންފާ" ކުރާނެ ކަމަށެވެ.
އެސްއީޒެޑްގެ ބިލަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑިވިދާޅުވަމުން ގެންދެވި ނަމަވެސް ގާސިމް މިރޭ ވިދާޅުވީ "ސްޕެޝަލް އެކޮނޮމިކް ޒޯންތައް ހެދުމުން ވަޒީފާތައް އިތުރުވާނެ. ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާ ދާނެ. މުއްސަނދި ދިރިއުޅުމެއް ލިބުމަށް މަގުފަހިވާނެ" ކަމަށެވެ.
އެސްއީޒެޑް ބިލް މިރޭ މަޖިލީހުން ފާސްވީ 60 މެންބަރުންގެ ވޯޓުން ނެވެ. އެބިލަށް ޖޭޕީ އިން ވެސް ވަނީ ވޯޓް ދީފައެވެ. ބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓް ދިނީ 15 މެންބަރުންނެވެ.
މަޖިލީހުގެ ޖަލްސާ އަށް ފަހު މުލީއާގޭގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބޭއްވި ހަފްލާއެއްގައި ގާސިމް އިބުރާހިމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ވިޔަފާރިތަކާއި ދޭތެރޭ ފިޔަވަޅު އަޅަނީ ޤާނޫނާއި ހިލާފަށް ކަމަށް ގާސިމް ވިދާޅެއްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ