”އަހަރު މެދަށް ސްކޫލް ބޮޑުބަންދު ލާން ބޭނުންވަނީ އެންމެ 6 އިންސައްތަ މީހުން“

އަހަރުގެ މެދުތެރެއަށް ސްކޫލް ބޮޑު ބަންދު ލުމަށާއި މިހާރު އޮންނަ ގޮތަށް ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީހު އޮންނަން ބޭނުންވަނީ އެންމެ 6 އިންސައްތަ މީހުން ކަމަށް އާއްމުންގެ ޖަމިއްޔާއިން ހެދި ސާވޭއަކުން ދައްކައިފިއެވެ.
މީގެކުރިން ދިރާސީ އަހަރު ނިންމަނީ ޑިސެމްބަރު މަހުއެވެ. އަދި އަލުން ދިރާސީ އަހަރު ފަށަނީ ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް މިހާރު ދިރާސީ އަހަރު ފަށަނީ އޮގަސްޓު މަހުގެ ތެރޭގައެވެ.
އާއްމުންގެ ޖަމިއްޔާއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަހަރުގެ މެދަށް ޗުއްޓީ ހަމަޖެއްސުމާ ގުޅިގެން، ވަރަށް ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިން އެ ޖަމިއްޔާގެ ވައިބާ ގްރޫޕް، ކޮތަރު ކޮށީގައި ސާވޭއެއްް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ސާވޭގައި 1،000 މީހުން ބައިވެރިވި އިރު، 94 އިންސައްތަ މީހުން ބޭނުންވަނީ ކުރިން އޮތް ގޮތަށް އަހަރުގެ ބަންދު ބަދަލު ކުރުމަށެވެ. މިހާރު އޮންނަ ގޮތަށް އަހަރު މެދަށް ބޮޑު ޗުއްޓީ ދޭން ބޭނުންވަނީ 6 އިންސައްތަ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ