އެމްއެންޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ގޮނޑި ހުސްވީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އެ ދާއިރާގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.
އެ ގޮނޑި ހުސްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައި، އެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްއެންޕީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ, ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ އިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި, މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 9:00 އިން 11:30 އަށް ވިލިމާލެ ދާއިރާގެ އިތުރުން މާލޭގެ އެމްއެންޕީގެ އޮފީހުގައި އޮންނާނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ