އެއްލައްކަ ރުފިޔާގެ ލަކީ ޑްރޯ އަކާއި އެކު ފަޒާ ސްކޫލް ސީޒަން ފެއާ ފަށަނީ

އެއްލައްކަ ރުފިޔާގެ ލަކީ ޑްރޯއަކާއި އެކު ފަޒާ އިން މިއަހަރުގެ ސްކޫލް ސީޒަން ފެއާ މިމަހުގެ 25 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
އައްޑޫގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ފަޒާ ބިޒްނަސް އިންވެސްޓްމަންޓްއިން ބުނީ، މިއަހަރުގެ ފަޒާ ސްކޫލް ސީޒަން ފެއާއިން ބައްލަވައިގަންނަވާ ކޮންމެ ފޮތް ލިސްޓަކަށް ލަކީ ޑްރޯ ކޫޕަން އާއި ގިފްޓް ވައުޗާ ލިބޭނެކަމަށެވެ. އެގޮތުން ފޮތްލިސްޓްއިން ކުރައްވާ ކޮންމެ 200 ރުފިޔާއަކަށް ލަކީ ޑްރޯ ކޫޕަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ފަޒާގެ ގިފްޓް ވައުޗާއިން 7.5 ޕަސެންޓް ޑިސްކައުންޓް ސްކޫލަށް ބޭނުންވާ ޔުނިފޯމް، ބޫޓް އަދި ސްޓޭޝަނަރީސް ތަކަށް ފަޒާ 2، އަދި 3 އިން ޑިސްކައުންޓް ލިބޭނެއެވެ.
ފެންވަރު ރަނގަޅު ގިނަ ސްކޫލަށް ބޭނުންވާ ސާމާން މިއަހރުގެ ސްކޫލް ސީޒަން ފެއާއިން ލިބެން ހުންނާނެކަމަށް ފަޒާއިން ބުނެއެވެ.
އަދި ފޮތް ލިސްޓް ހުޅަހަޅަން ބޭނުން ފަރާތްތަކުން މިމަހުގެ 25 އިން ފެށިގެން އެފް 1 ފިހަރާ އަދި 7603084، 9913084 އަށް ގުޅައިގެންވެސް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ފަޒާ ސްކޫލް ސީޒަން ފެއާއިން ފޮތް ލިސްޓް ބައްލަވައިގަންނަވާ ފަރާތްތަކަށް ސެލޯފިން އާއި، ނަންކޮޅު އަދި ފޮތުގައިލާ ކަރުދާސް އެފް1 މެދުވެރިކޮށް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ