ފޮރިންގ މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ ގެ ހަނދާނުގައި ބޭއްވި ތައުޒިއާގެ ދަފްތަރުގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ސޮއި ކުރައްވައިފައި އެވެ.
ފޮރިން މިނިސްޓްރީގައި ހުޅުވާފައިވާ ދަފްތަރުގައި ސޮއި ކުރެއްވުމަށް ގާސިމް މިނިސްޓްރީއަށް ވަޑައިގެންފައިވަނީ، މިއަދު ހަވީރު އެވެ. ގާސިމްގެ މިޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީނާއި ޖުމްހޫރީ ގުޅުމުގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސަމަދު އަވަހާރަވީ ހިއްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް މިމަހުގެ 25 ވަނަ ދުވަހު ސިންގަޕޫރުގައި އެވެ. ސަމަދައި ބެހޭގޮތުން ގާސިމް ވިދާޅުވީ، ސަމަދުގެ ހަރުދަނާ ޝަހުސިއްޔަތުން ނަމޫނާ ނަގައި އެ ފަދައިން ޝަހުސިއްޔަތު ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އުމުރުފުޅުން 67 އަހަރުގައި ސަމަދު އަވަހާރަވި އިރު، ދިރިއުޅުއްވުމުން މުޅީންވެސް ފެންނަން އޮތީ ރީތި އަހުލާގައި ހިތްހެޔޮ ކަމާއި މަޑުމައިތިރިކަން ކަމަށާއި ދިވެހި ދަރީންނަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި އެތައް މަގާމެއް ފުރިދާނެކަން ސާބިތުކޮށްދެއްވުމުގައި ކުރިއަށް ނެރުއްވި ހިތްވަރު ކަމަށެވެ.
ސަމަދުގެ ތައުޒިއާގެ ދަފްތަރުގައި ގާސިމް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ