މަރުގެ އަދަބު ދިނުމުގެ އަމުރުގައި އުމަރު ސޮއިކުރައްވައިފި

23-01-2014 12:18 މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމުރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނިމިއްޖެ އެވެ. ތަފްސީލީ ޚަބަރު އަންނަނީ. 23-01-2014 12:17 (އުމަރު ނަސީރު): މީގެ އިތުރުން މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން އިތުރު އަމުރެއް ނުނެރޭނެ. ދެން އަމުރު ނެރޭނީ ހުކުމް ތަންފީޒުކުރާ މީހާ މަރުގެ ގޮނޑީގައި ބޭންދުމަށް ފަހު އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރުމަށް. 23-01-2014 12:14 (އުމަރު ނަސީރު): ކުރިން އިއްވާފައި ހުރި މަރުގެ ޙުކުމްތައް ވެސް ތަންފީޒުކުރާނަން. މަރުގެ ޙުކުމްތައް ތަންފީޒުކުރާނީ ޝަރުޢީ ހުރިހައި މަރުހަލާތައް ފުރިހަމަކުރުމަށް ފަހު. މަރުގެ ހުކުމް ތަންފީޒުކުރެވޭނީ މާފުށީ ޖަލުގައި. 23-01-2014 12:13 (އުމަރު ނަސީރު): ހުކުމްތައް ތަންފީޒުކުރުމަކީ ހޯމް މިނިސްޓްރީގެ ވާޖިބަކަށްވާ އިރު އެކަމާ ބެހޭ ގާނޫނެއް ފާސްވާނެ ދުވަހަކަށް މަރުގެ ހުކުމްތައް ތަންފީޒުނުކޮށް މަޑެއް ނުކުރާނަން. 23-01-2014 12:12 (އުމަރު ނަސީރު): 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމެއް އަތުވެއްޖެ ނަމަ، އެ ކުއްޖާއަށް 18 އަހަރު ވަންދެން ހުކުމް ތަންފީޒެއް ނުކުރެވޭނެ. 23-01-2014 12:11 މަރުގެ ހުކުމް ތަންފީޒްކުރާނޭ ޕްރޮސީޖާ މިހާރު ވަނީ ނިމިފައި. ގަވާއިދުވެސް އޮންނާނީ މިހާރު ޑްރާފްޓްކޮށްފައިވާ ގާނޫނާ ޚިލާފުނުވާ ގޮތަށް 23-01-2014 12:10 ރާއްޖޭގައި އިއްވާ މަރުގެ ހުކުމްތައް ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށް ކަނޑަޅައި މަރުގެ ހުކުމްތައް ތަންފީޒުކުރުމަށް ހޯމް މިނިސްޓަރުގެ ފަރާތުން ކަރެކްޝަނަލް ޑިޕާޓްމަންޓުގެ މައްޗަށް އަމުރުކުރައްވައިފި އެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށާއި އަދި އެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ކަންކަން އިންތިޒާމްކުރުމުގެ އަމުރުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައިފި އެވެ. އެ އަމުރުގައި އަންގާފައި ވަނީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން މާފުށީ ޖަލަށް ބޭނުންވާ ވަސީލަތްތައް ވެސް ހޯދުމަށެވެ. ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރާނީ ރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމުމަށް ފަހު އެވެ. އަދި ކުށްވެެރިޔަކު މަތީ ކޯޓެއްގައި އިސްތިއުނާފް ނުކޮށްފި ނަމަ ދައުލަތުން އެ އަދަބު އިސްތިއުނާފްކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އިތުރު ތަފްސިލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ