ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 5 މީހަކަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.
2012 މާރޗް 16 ވީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުން ހުކުރު ނަމާދުން ނިމިގެން މީހުން ފޭބިވަގުތު، ފުލުހުން ޖުމްހޫރީ މައިދާން ބަންދުކޮށް އެސަރަޙައްދަށް ނުވަދެވޭ ގޮތަށް އެތުރިގެން ތިއްބާ ފުލުހުންގެ ސަފުތައް ކައިރިއަށް ގޮސް ފުލުހުންނާ ދިމާއަށް ހަޅޭލަވައި މިމީހުންގެ އަތުން ފުލުހުންގެ ސަފުތައް ކޮށްޕައި ސަފުތައް ރޫޅާލަން މަސައްކަތްކޮށް ތަނުގެ މަސްލަހަތު ނަގާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެފައިވާ މައްސަލައާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ކ. ހުރާ ހަނދާން ޙުސައިން ނިޔާޒު އާއި، ގދ. ގައްދޫ ޒަމާނީވިލާ ޢަބްދުﷲ ސަޢީދު އާއި، ސ. މަރަދޫފޭދޫ ދޮންދުބުރިގޭ ޙުސައިން އަފީފްއާއި، މ. އޯގަމް އިބްރާހީމް އަޙްމަދުގެ އިތުރުން ރ. ހުޅުދުއްފާރު ޝަކީލީހިޔާ އިބްރާހީމް ޝަރީފްގެ މައްޗަށެވެ.
ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދަޢުވާގައި، މި 5 މީހުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، މިފަސްމީހުންކުރެ ކޮންމެ މީހަކު -/3000ރ (ތިންހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ 11 އޮކްޓޯބަރު 2012 ވަނަ ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އެ ކޯޓުން އިއްޔެ ޙުކުމް ކޮށްފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަސްމީހެއްގެ މައްޗަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ