ކޯލިޝަނަކާނުލައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމަށް ހީފުޅުވެވަޑައިގެންނެވި ނަމަވެސް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ޤާބިލްކަން ޕީޕީއެމްގައި ނެތްކަމަށް ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު ވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މިއަދުގެ ސިޔާސީ ހަޤީޤަތް ޤަބޫލު ކުރަންޖެހޭ ކަމަށާއި
މިއަދުގެ ސިޔާސީ ހަޤީޤަތަކީ ޕީޕީއެމްގެ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ނޫންކަމަށެވެ. އަދި އެ ޕާޓީއަކީ މަޖިލީހުގައިވެސް އެންމެ މެންބަރުން ގިނަ ޕާޓީ ނޫން ކަމަށެވެ.
ތަސްމީން ވިދާޅުވީ ރައީސް މައުމޫންގެ އެފަދަ ވާހަކަފުޅުތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށް [ރައީސް] މައުމޫނަށް ހީފުޅުވެވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށްވާނެ ކަމަށް ޤަބޫލެއް ނުކުރެވޭ،" ތަސްމީން ވިދާޅުވި އެވެ. ތަސް އަދި ވިދާޅުވީ އެއް ބުރުން އިންތިޚާބު، ޕާޓީއަކުން ކާމިޔާބުކުރި ނަމަވެސް އެ ޕާޓީއަކީ ޕީޕީއެމަށް ނުވާނެ ކަމަށާއި ރިޠާސީ އިންތިޚާބުގައި ޑީއާރުޕީއާއި ޕީޕީއެމް އެ ކޯލިޝަނެއް ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
"ޕީޕީއެމްއާއެކު ޑީއާރުޕީން ކޯލިޝަން ނުހަދާނެ ފުރަތަމަ ސަބަބަކީ ދެ ޕާޓީގެ ފިކުރު ތަފާތުވުން،" ތަސްމީން ވިދާޅުވި އެވެ. "ޑީއާރުޕީ ބައިބައިކުރުމަށްފަހު އެހެން ސިޔާސީ ޕާޓީއެއް ރައީސް މައުމޫން އުފެއްދުމަކީ އެ ޕާޓީއާއި ޑީއާރްޕީގެ ގުޅުން ދެން ރަނގަޅު ނުވާނެކަން ހާމަކޮށްދޭ ހެއްކެއް،"
ތަސްމީން މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ކާމިޔާބުކުރެއްވުމުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މައުމޫން ވިދާޅުވީ އެހެން ޕާޓީއަކާއެކު ކޯލިޝަން ނުހަދާވެސް ކުރިއަށް އޮތް އިންތިޚާބު ޕީޕީއެމަށް ކާމިޔާބުކުރެވިދާނެ ކަމަށެވެ.
ކޯލިޝަނާކާ ނުލައި ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުވާނެ: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ