ޕްރައިމަރީ އިންސާފުވެރި ނުވެއްޖެ ނަމަ އިހުތިޖާޖު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވެއްޖެ

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ޕްރައިމަރީ އިންސާފުވެރިނުވެއްޖެނަމަ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީއަކީ އުމަރުގެ ކޮނޑުމަތީގައި އެޕާޓީގެ އާއްމު މެމްބަރުންނާއި ހަމައަށް ގެނެސްދީފައިވާ އެއްޗެއް ކަމަށެވެ. އެހެން ކަމުން ޕްރައިމަރީ އިންސާފުވެރި ނުވެއްޖެ ނަމަ ހަމަމަގަށް އެޅުވުމައްޓަކާ ޕްރައިމަރީ ގެނެސްދިނުމަށް ކުރި މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޕްރައިމަރީ އިންސާފުވެރި ނުވެއްޖެ ނަމަ އިހުތިޖާޖު ކުރައްވާނެ ކަމުގެ އިޝާރާތެއް އުމަރު ދެއްވާފައިވާ އިރު ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އަބުދުﷲ ޔާމީންގެ ޓީމާ އުމަރުގެ ޓީމާ ދެމެދުވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ޕްރައިމަރީއަށް ފަހު ވެސް ޕީޕީއެމް ބައިބައިވެގެން ނުދާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އެޕާޓީގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމުވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ