އައްޑޫ ރައްޔިތުން ތިލަފަތުގެ އެއްކޮޅަށް އެޅީ ޕާޓީ ފިކުރު، ފައިސާއެއް ނޫން: މުސްތަފާ

އައްޑޫ ރައްޔިތުންނަކީ ތަފާތު ބައެއް ކަމަށާއި އައްޑޫ ރައްޔިތުން ތިލަފަތުގެ އެއްކޮޅަށް އެޅީ ޕާޓީ ފިކުރު ކަމަށް ވިދާޅުވެ ތިމަރަފުށީގެ މަޖިލިސް މެމްބަރުކަމުގައި މިވަގުތު ހުންނެވި މުހައްމަދު މުސްތަފާ އައްޑޫގެ ރައްޔިތުންނަށް ތައުރީފް ކުރައްވައިފިއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫއިން ހޮވުނު މަޖިލިސް މެމްބަރުންނަކީ ފައިސާ ޚަރަދުކުރި ބައެއް ނޫންކަމަށް ވިދާޅުވެފައެވެ.
Addu Rahyithun nakee miRaajjeyga thafaathu ba eh hurihaa kameh ga ves. Addu ge MPs gondi thakah hovee Thilafathu eh kolhah faisaa alhaagenneh noon.. everin thilafathu ehkolhah elhee party fikuru. Addu In hovunu MPs akee faisaa kharadhu kuri ba ehnoon. Addu Rahyithun nah saabas.
— Mohamed Musthafa (@Thimarafushi) April 16, 2019
"އައްޑޫ ރައްޔިތުންނަކީ މި ރާއްޖޭގަ ތަފާތު ބައެއް ހުރިހާ ކަމެއްގައިވެސް. އައްޑޫގެ އެމްޕީއިން ގޮނޑިތަކަށް ހޮވީ ތިލަފަތު އެއްކޮޅަށް ފައިސާ އަޅައިގެނެއް ނޫން. އެވެރިން ތިލަފަތު އެއްކޮޅަށް އެޅީ ޕާޓީ ފިކުރު. އައްޑޫ އިން ހޮވުނު އެމްޕީއިން އަކީ ފައިސާ ޚަރަދުކުރި ބައެއް ނޫން. އައްޑޫ ރައްޔިތުންނަށް ސާބަސް." މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާއަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް ކުރީގެ ސީޕީ ޢަބްދުﷲ ރިޔާޒްވަނީ މުސްތަފާއާއި ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ