ގާޒީ މަހާޒުގެ މައްސަލަ ރިވިއު ކުރަން ނިންމައިފި
ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް މީގެކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ. ގާޒީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެއެސްސީން ނިންމީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ނިންމުން ރިވިއު ކުރުމަށް އޭނާ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، ރިވިއު ކުރުމަށް ގާޒީ މަހާޒު ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެ ނިންމުން ރިވިއު ކުރުމަށްޓަކައި މިއަދު ކޮމިޓީއެއް އެކުލާވާލާފައިވާ ކަމަށެވެ. މައްސަލަ ރިވިއު ކުރުމަށް އެކުލަވާލި ކޮމިޓީ: ކޮމިޝަންގެ ނައިބު ރައިސް މަސްތޫރު ހުސްނީ ކޮމިޝަންގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން ގާޒީ މަހާޒުއާ ގުޅޭގޮތުން ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް އެ ކޮމިޝަނުން މީގެކުރިން ނިންމީ އޭނާގެ އަމިއްލަ ބްލޮގްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ލިޔުއްވި ލިޔުމަކާ ގުޅިގެނެވެ. މަހާޒު ލިޔުއްވި އެ ލިޔުމުގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ނާއިބްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އެމައްސަލަ ބެލުމަށްފަހު ޖޭއެސްސީން އޭރު ނިންމީ އޭނާއަށް އިންޒާރުދިނުމަށެވެ. https://sun.mv/64048/64047
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ