މަޑަވެއްޔާއި ހޯޑެއްދޫގެ ކަރަންޓު އެއް ނެޓްވޯކަކުން ގުޅާލަނީ

ގދ. މަޑަވެއްޔާއި އެ ރަށާ ޖެހިގެން އޮންނަ ހޯޑެއްދޫގެ ކަރަންޓު އެއް ނެޓްވޯކަކުން ދޫކުރަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން ފެށި އާ މި މަޝްރޫއުގެ ދަށުން، ދެ ރަށުގައި ވެސް ކަރަންޓު ދޭނީ އެއް ޖަނަރޭޓަރުތަކަކުންނެވެ. ފެނަކައިން މިހާރު އަންނަނީ ދެ ރަށުގައި ވެސް ޓްރާންސްފޯމަރުތައް ބަހައްޓާނެ ތަންތަން ކަނޑައަޅައި، އެތަނުގެ މައި މަރުކަޒު ގާއިމު ކޮށްދޭނެ ފަރާތެއް ހޯދަމުންނެވެ.
ކަރަންޓު ދިނުމަށް ސެންޓްރަލް ޕަވަ ސްޓޭޝަން ޑިޒައިންކޮށް އިމާރާތްކޮށް، އަދި އެތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ވެސް ގެޒެޓްގައި ވަނީ އިއުލާން ކޮށްފަ އެވެ.
ކޯޒްވޭއަކުން ގުޅާލާފައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ އަކީ ކަރަންޓުގެ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ދެ ރަށެވެ. ޖަނަރޭޓަރުތައް ހަލާކުވެގެން އެ ދެ ރަށުން ވެސް ގިނައިން ކަރަންޓު ދާއިރު، އެއް ނެޓްވޯކަކުން ދެ ރަށުގެ ކަރަންޓު ގުޅާލުމަކީ އެކަމަށް ލިބޭނެ ހައްލެއް ކަމަށް ފެނައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ