ކަރަންޓީންގައި ހުއްޓާ ހއ. އިހަވަންދޫއިން ފިލައިގެން އުޅެނީ އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ޝިފާއުގެ ކޮއްކޮ ކަަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
އޭނާ ފިލާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އޭނާ ފިލާފައި ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ހުއްޓައެވެ.
އޭނާ ފިލުމާއި ގުޅިގެން ފުލުހުންނާއި އާއްމުންވެގެން އޭނާ ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެެވެ.
"ވަގުތު"އަށް މައުލުމާތުދެމުން އެރަށު ކައުންސިލް މެންބަރު އަހުމަދު ރިޟްވާން ވިދާޅުވީ، އޭނާ ސިއްހީ މަރުކަަަޒަށް ގެންދިޔައީ މިރޭ 7:00 އާއި 8:00 އައި ދެމެދުގެ ވަގުތެއްގައި ކަަމަށެވެ.
ފިލައިގެން އުޅެނީ ދާއިރާގެ މެންބަރުގެ ކޮއްކޮ ކަން ކައުންސިލަރު ރިޟްވާން ކަށަވަރު ކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރި ބައެއް މީހުން މީގެ ކުރިން ވެސް ފިލާފައި ވެއެވެ. މީގެ ދެތިން މަސް ކުރިން ފުރަތަމަ ކަރަންޓީންގައި ތިއްބާ ފިލީ އައްޑޫ ސިޓީގެ ބައެކެވެ. އޭގެ ފަހުން ބައެއް ބިދޭސީން ކަރަންޓީން ކޮށްފައި ތިއްބާ ފިލާފައި ވެއެވެ. ކަރަންޓީގައި ތިއްބާ ފިލި ބައެއް ބިދޭސީން ފަހުން ފެނިފައެއް ވެސް ނުވެއެވެ.
ފިލައިގެން އުޅެނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކޮއްކޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ