އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ބައްދަލުކޮށް ރައީސް ޞާލިހަށް މަޝްވަރާނުކުރެއްވޭ: އާދަމް ޝަރީފް އުމަރު

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައްދަލުނުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރު ވެއްޓުނަ ނުދީ، ނަގަހައްޓައިދިނުމުގައި ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެންބަރުންގެ ދައުރު ނުހަނު ބޮޑުވާނެކަމަށެވެ. 
"ވެރިމީހާއަށް އެ އެމްޕީސްއާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާ"، އެބޭފުޅާ ވިދާޅުވިއެވެ.
މިކަމަށް ރައްދުދެއްވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރުންނާއި ރަައީސުލްޖުމްހޫރިއްޔާއާއި ބައްދަލުވާ ކަމަށާއި، މެންބަރުންނާއި ރައީސާއި ބައްދަލުނުވުމަކީ މިދިޔަ ސަރުކާރުގައި ކަންތައްތައް އޮންނަ ގޮތްކަމަށެވެ. އަދި ސަރުކާރު ދަމަހައްޓާނީވެސް ނުވަތަ ވެރިކަން ބަދަލު ކުރާނީވެސް ރައްޔިތުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ