ކޮރޯނާ ވައިރަހަށް މިއަދުވެސް ސަތޭކަ ހަތްމީހުން ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 107 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހީންނާއި، ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީން އާއި ސްރީލަންކާ މީހެކެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 3،208 އަށް އަރައިފައެވެ. 
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5،679 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 146 މީހަކަށެވެ.
މި ބަލީގައި 22 މީހަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ