މޫސުން ގޯސްވެ، ހއ. އަތޮޅުން، ލ.އަތޮޅަށް ރީނދޫ ސަމާލު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މެދު ރާއްޖެތެރެއިން ލ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ.
މިއަދު މެންދުރު 12:00އިން ހަވީރު 16:00 އަށް ނެރެފައިވާ ރީނދޫ ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށާއީ ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ.
“ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިލާގަނޑުގައި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ އަދި ކަނޑަތަށް ވެސް ގަދަވާނެ ” މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
މޫސުން ރާއްޖެއަށް މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެއަކީ ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ