ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ.
މުޖްތާޒް އަވަހާރަވެފައި ވަނީ ރޭ ދަންވަރު ގަޑިން 02:00 ހާއިރުއެވެ.
މުޖްތާޒް އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އާއިލާ އާއި އެކު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ. މުޖުތާޒް އަކީ ލ.އަތޮޅު ބޭފުޅެކެވެ.
ފަނޑިޔާރު ކަމުން ރިޓަޔަރ ކުރައްވާފައިވާ މުޖުތާޒު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ.
ކޮވިޑް-19 ޖެހިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ