ސުކޫލު ނިންމާ ކުދިންނަށް ހާއްސަކޮށްގެން ސްޓްރެޖީސް މޯލްޑިވެސް ވޮއްމުލިން ހާއްސަ އެޕެއަރެންސް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
ވޮއްމުލި ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމުގެ މަގްސަދަކީ ސުކޫލު ނިންމާ ޒުވާން ކުދިންގެ ހުނަރު އިތުރުކުރުވުމަށް ކަމަށެވެ.
އެ ރިސޯޓުން ބުނީ މިއީ ކުރިއަށް އޮތް މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ރޮނގުން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ދާއިރާއިން ތަމްރީނު ހޯދުމަށް ހުޅުވާ ފަހި ފުރުސަތެއް ކަމަށެވެ. އަދި މި ޓްރެއިނިން ޕްރޮސްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިއަރީ ކުލާހެއްގެ ގޮތުގައި ކަމަށާއި، މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ތަމްރީން ކޮށްދިނުމަށް ތިބޭނީ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުން ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.
އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 2019 ނުވަތަ 2018 ވަނަ އަހަރު ސުކޫލު ނިމިފައި ތިބޭ ޒުވަނުންނަށް އެކަނިކަމަށް އެ ރިސޯޓުން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މާދަމާ 3:30 ގެ ކުރިން މޯލްޑިވްސް ޓުއަރިޒަމް ޖޮބްފެއާގައި ހުންނަ އެ ރިސޯޓުގެ ބޫތަށް ގޮސް ރަޖިސްޓްރީ ކުރަން ޖެހޭކަމަށް އެ ރިސޯޓުން ބުނެއެވެ.
ޓުއަރިޒަމް ޖޮބް ފެއާ ކުރިއަށް ދަނީ، ފަރުކޮޅުފުށީގައެވެ. މާދަމާގެ ނިޔަަލަށް ކުރިއަށްގެންދާ މި ޖޮބް ފެއާއަށް ދިއުމަށް ކޮން ދުވަހަކު 18:00 - 16:00 އަދި 22:00 - 20:00 އަށް އެރަށަށް ވަޒީފާ އަށް ކުރިމަތިލުމަށް ދާން ބޭނުން ފަރާތްތަކަށް ހިލޭ ދިޔުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
ސްކޫލް ނިންމާފައިވާ ކުދިންނަށް ވޮށްމުލިން ހާއްސަ ތަމްރީނު ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ