ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ޑީޑީ ވަކިކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ޑީޑީ ވަކިކޮށްފިއެވެ.ރައްޔިތުންގެ މަޖްލީހުގައި މިހާރު ހިނގަމުންދާ ޖަލްސާގައި ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކުރުމަށް ނެގި ވޯޓު ފާސްވެ އަބްދުﷲ ދީދީ ވަކި ކުރުމަށް މަޖްލީހުން ނިންމައިފިއެވެ.މިއަދުގެ ޖަލްސާއަށް ހާޒިރުވި 75 މެމްބަރުންގެ ތެރެއިން ފަނޑިޔާރު ދީދީ ވަކިކުރަން ފެންނަ ކަމަށް 72 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައި ނުވެއެވެ. މަޤާމުން ވަކިކުރުމަށް ބޭނުންވަނީ 49 މެމްބަރުންގެ ވޯޓެވެ.ފަނޑިޔާރު ދީދީ މަޤާމުން ވަކިކުރީ ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ހިންގި ތަހުޤީޤަކަށް ފަހުގައެވެ. އެ ތަހުގީގު ރިޕޯޓުގައި ވާގޮތުން، ޑީޑީގެ މައްޗަށް ވަނީ ޖިނާއީ ތުހުމަތުތަކެއް ކުރެވިފައެވެ. އަދި ފަނޑިޔާރު ކަން ކުރުމުގެ ޝަރުތު ޑީޑީ މިހާރު ފުރިހަމަ ނުވާކަމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ.ޑީޑީގެ މައްސަލައެއް ޖުޑިޝިއަލް ސާވިސް ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ފަހުން ޑީޑީ ސަސްޕެންޑު ކުރެވިފައިވަނީ ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާއި ގުޅިގެންކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ. އަބްދުﷲ ދީދީ އަކީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރި ފަނޑިޔާރުކަން ފާހަގަކޮށްލެވެއެވެ.  
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ