މަސީގެ ރައީސް ކަމަށް އަބްދުﷲ ހޮވާ، ޖަމިއްޔާގެ ނަމަށް ބަދަލު ގެނެސްފި

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޖަމިއްޔާ މަސީއަށް ދިގުކޮށް ކިޔާ ނަމަށް ބަދަލު ގެނެސްފި އެވެ.
މަސީއަށް ކުރިން ދިގުކޮށް ކިޔާފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އެވެ.
ނަމަވެސް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި މަސީގެ 16 ވަނަ އަހަރީ އާއްމު ޖަލްސާގައި ވަނީ އެ ޖަމިއްޔާއަށް ދިގުކޮށް ކިޔާ ނަމަށް ބަދަލު ގެނައުމަށާއި، މަސީގެ ނަން ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަށް ބަދަލުކުރުމަށް ފާސްކުރުމަށް ފާސްކޮށްފަ އެވެ.
މަސީއަށް ދިގުކޮށް ކިޔާ ނަމަށް ބަދަލު ގެނައި ނަމަވެސް މިހާރެކޭވެސް އެއްގޮތަށް ކުރުކޮށް ކިޔާނީ މަސީ ކަމަށްވެސް މިބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
މަސީގެ އާ ދައުރަށް އެ ޖަމިއްޔާގެ ބޯޑު މެންބަރު ކަމަށްވެސް ރޭ ވަނީ ބޭފުޅުން ހޮވާފަ އެވެ. އެގޮތުން މަސީގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް ހޮވާފައިވަނީ މިދިޔަ ދައުރުގައި ވެސް އެ ޖަމިއްޔާގެ ރައީސަކަށް ހުންނެވި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދެވެ.
މަސީން މިހާރު ވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފަޕްކާ)ގެ މެންބަރުކަންވެސް ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ