ފުލުހަށް ހާޒިރުކުރީ ފޮޓޯއާއި އޯޑިއޯ ސާމްޕަލް ނެގުމަށް: ގާސިމް

ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފައިވަނީ ކުރިންވެސް ތުހުމަތުކުރި މައްސަލައާއި ގުޅިގެން ތަހްގީގަށް ބޭނުންވާ ފޮޓޯއާއި އޯޑިއޯ ސާމްޕަލް ނެގުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 4:00 ގައި ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1 ގަޑިއިރާއި 45 މިނެޓް ފުލުހުންގެ އިދާރާގައި ހޭދަކުރައްވާފައި ވެއެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަަވަމުން ގާސިމް ވިދާޅުވީ، މިއަދުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭވެސް ހާޒިރުކުރި މައްސަލައާއި ގުޅިގެން ކަަމަށެވެ. ފުލުހުން ތަހުގީގު ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް އެމަނިކުފާޏު ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ތުހުމަތާއި ގުޅޭ މައްސަލައެކެވެ.
ގާސިމް ވިދާޅުވީ މިއަދު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ މައްސަަލައާއި ގުޅިގެން ތަހްގީގަށް ބޭނުންވާ ފޮޓޯއާއި އޯޑިއޯ ސާމްޕަލް ނެގުމަށް ކަމަށެވެ. އަދި ފުލުހުން އެދިވަޑައިގެން ގޮތަށް އެމަނިކުފާނު ތަހްގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައި ވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ