ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް މައުމޫނު ދާދި އަވަހަށް ވިދާޅުވެދާނެކަމަށް ޣައްސާން އީޝާރާތްކުރައްވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާގުޅިގެން، ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް ފަސްއަހަރު ދުވަހަށް ޖަލަށްލާފައިވާ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށް، ދާދި އަވަހަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި އިދިކޮޅު ޕީޕީއެމްގެ ދިއްގަރު ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ލީޑާޝިޕާ މެދު ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު ހިނގި މައްސަލަގަނޑާއެކު، ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އުމުރުފުޅުން 82 އަހަރުފުޅުގައި ގިނަ ދުވަސްތަކަކަށް ޖަލަށް ލިއެވެ.
އޭގެ ފަހުން ޣައްސާނުގެ ބޭބޭފުޅު އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނުވެސް ޖަލަށް ލިއެވެ.
ނަަމެސް ސިޔާސީ ގޮތުން ހުންނަވާނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ސްޓޭޓް މިިނިސްޓަރުގެ މަގާމުގައި އޭރު ހުންނެވި، ޣައްސާން ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އެއްްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އެއިރު ގާއްސާނަށް ބޮޑެތި ފާޑު ކިޔުންތަކެއް ކުރިަމތިވިއެވެ. ހަމަ އެގޮތަށް ރައީސް ޔާމީންގެ ދިފާއުގައި ޣައްސާން މިހާރު ކުރައްވާ މަަސައްކަތްތަަކަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ރައީސް މައުމޫނު ޖަލުގައި ހުންނެވީ، ސިޔާސީ ނުފޫޒުން ކަމަށް ރައީސް މައުމޫނު ވިދާޅުވެދާނެ ކަމުގެ އިޝާރަތެއް ޣައްސާން ކުރައްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލް މެންބަރުންގެ މުއްދަތު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހު އަވަސްކުރަން ޕީޕީއެމް އިން އެއްބާރުލުން ދިނުމުގެ ޝަރުތަކަށް ރައީސް ޔާމީން ޖަލުން ދޫކޮށްލުމުގެ ސިއްރު ޑީލެއް ހުށަހަޅައިގެން ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެވާހަކަތަކާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި، އެމަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޕީޕީއެމް ޕީއެންސީން ކުރަނީ ސިއްރު ޑީލްތައް ހަދައިގެން ނޫން ކަމަށާއި، ފާޅުކަން ބޮޑުކޮށް ކެރިގެން ކަމަށެވެ.
ޣައްސާންގެ އެ ޓުވީޓާގުޅިގެން، ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އޭރު ބަހެއް ވިދާޅުވާން ޣައްސާނަށް ކެރިވަޑައިނުގެންނެވި މައްސަލައިގައިގައި އެމްޑީޕީ ޕީޖީ، އުނގޫފާރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ވަހީދު ސުވާލު އުފެއްދެވިއެވެ.
ވަހީދު ވިދާޅުވީ، އޭރު އެބޭފުޅުން ޖަލަށްލީ ޝަރީއަތެއް، އަދި ހުކުމަކާވެސް ނުލައި، ރައީސް ޔާމީން ޖަލުގައި ހުންނެވީ، އެންމެނަށް ގަބޫލުކުރެވޭ ވަރުގެ ބޮޑު ހުކުމެއްގައި، އެވެސް ވައްކަން ކޮށްގެން ކަމަށެވެ.
ވަހީދުގެ އެ ވާހަކަޔަށް ރައްދު ދެއްވައި، މެންބަރު ފާހަގަކުރެއްވި ނުކުތާތަކުގެ އިހުލާސްތެރިކަމާމެދު ޝައްކު ނުކުރާ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ތަކުރާރު ކުރައްވައި، ޣައްސާން ވަނީ މެންބަރު ވަހީދުގެ ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގެ ލިންކެއް ހިއްސާކުރައްވައިފަ އެވެ.
އެކަމާގުޅިގެން ރައީސް ޔާމީނަށް ސިޔާސީ ނުފޫޒުން ހުކުމެއް އައި ނަމަ، ޔަގީނުންވެސް ރައީސް މައުުމޫނާއި ފާރިސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެޔަށް ރައްދު ދެއްވައި ޣައްސާން ވިދާޅުވީ ދާދި އަވަހަށް އެކަން ފެންނަން ފަށާނެ ކަމަށެވެ.
"އެކަންތައް ކޯލިޝަން މުގުރުމާއެކު ފެންނަން ފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ." މިނިސްޓަރުންގެ ނޯކޮންފިޑެންސް ހޭޝްޓެގް ކުރައްވައި ގައްސާން ވިދާޅުވިއެވެ.
ބެލެވޭގޮތުގައި ޣައްސާން އިޝާރާތް ކުރައްވާފައި އެވަނީ، އެމްއާރްއެމުގެ ސްލޮޓްގައި ފިޝަރީސް މިނިސްޓަރުުކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށެވެ.
މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ޒަަހާގެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ގަވައިދު ކޮމިޓީން މަޖިލީހަށް ހުށަހަޅައިފައެވެ.
ހޮނިއިރު ދުވަހު އެ މައްސަލައިގައި ކުރިޔަށްދިޔަ ބަހުސްގައި އެމްޑީޕީގެ ގިިނަ މެންބަރުން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވައިލައްވައިފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ ނޯކޮންފިޑެންސް ވޯޓު ނަގައި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
އެމައްސަޔަށް މިރޭވެސް ބަހުސް ކުރަން ވަނީ އެންޖެޑާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ