ރައީސް ޔާމީންގެ ކެމްޕޭން ދަތުރުތަކަށް މޯލްޑިވިއަން އަށް ނުދީ ހުރި ފައިސާ ހޯދަން އީސީއަށް

ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް، ޕީޕީއެމްއިން ކޮށްފައިވާ ދަތުރުތަކަކަށް 4.8 މިލިއަން ރުފިޔާ އެ ޕާޓީއިން ދައްކާފައި ނުވާ ނުވާތީ އެ ފައިސާ ހޯދަން މޯލްޑިވިއަންއިން އީސީއަށް ހުށަހަޅައިފިއެވެ.
މޯލްޑިވިއަންއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޕީޕީއެމްގެ މެމްބަރުން ވައިގެ މަގުން އުފުލުމަށްޓަކައި، އެ ކުންފުންޏާއި، ޕީޕީއެމްއާއި ދެމެދު 16 ސެޕްޓެމްބަރު 2018 ގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ޕީޕީއެމްއިން އެޑްވާންސްކޮށް، 4.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ ނަމަވެސް އެ ފައިސާ ހޯދަން އެކި ފަހަރުމަތިން އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީއިން ފައިސާ ދީފައި ނުވާ ކަމަށެވެ. 
އެހެން ކަމުން މޯލްޑިވިއަންއިން އީސީގެ ކިބައިން އެދިފައި ވަނީ ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭ ފައިސާއިން އެ އަދަދު އުނިކޮށް ދިނުމަށް ފަހު ޕީޕީއެމްއަށް ފައިސާ ދޫކޮށްދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ، މޯލްޑިވިއަންއިން އެދިފައިވާ ގޮތަށް އެ ފައިސާ އުނިކުރުމަކީ އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމުން ވަނީ ރައީސް ޔާމީންގެ ކެމްޕެއިނަށް ދައުލަތުގެ އެކި ވުޒާރާތަކުގެ ހުރިހާ ވަޞީލަތެއް ބޭނުން ކޮށްފައެވެ. އެގޮތުން ކެބިނެޓް މިނިސްޓަރުންނާ ޕާޓީގެ އެކްޓިވިސްޓުން ސިވިސާވިސް މުވަޒަފުންނަށް ބާރުގެ ބޭނުންކޮށް ބިރުދައްކައިގެން ކެމްޕޭންތަކުގައި ބައިވެރިކޮށްފައިވެއެވެ. އަދި އިދިކޮޅު ކޯލިޝަނުން ލިބުނު ހަނި ފުރުޞަތެއްގައި މާލޭގައި ބޭއްވި ބިޔަ ބޮޑު ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދުގިނަ ކަމާހުރެ ޕީޕީއެމަށް ހަޖަމް ނުވެގެން އެޕާޓީން ވަނީ އަސްލު ސައިޒުދައްކާލުމަށް ބުނެ، ރަސްމީ ދުވަހެއް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި އަތޮޅުތެރެއިން ގިނަ އަދަދެއްގެ ސިވިލްސާވިސް މުވަޒަފުން މާލެގެނެސްފައެވެ. މިކަމަށް މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ފްލައިޓް ވަނީ ޗާޓަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ