ދިވެހި ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގެވެެ.
އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ވެރިކަން ފެށިގެން އަންނަނީވެސް، އަދި ވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި 23 ސެމްޓެމްބަރުގައި ރައްޔިތުން ގޮތް ނިންމައިފައިވާ ކަމުގައި މަހުލޫފު ވިދާޅުވިއެވެ،
އަދި ރައްޔިތުންގެ އެ ނިންމުން ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް މިހެން ވިދާޅުވިއިރު، މިއަދަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވަން ހަމަޖެހިފައިވާ ދުވަހެވެ.
އެ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.
ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ - މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ