އިމްރާންގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރަމުން އަންނަ އައުން ބާތިލު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވާނީ ގާނޫނާއި ގަވާއިދާ ހިލާފަށް އިމްރާންގެ މައްޗަށް ހުކުމްކޮށްފައިވާތީ އެކަން ބާތިލު ކޮށްދިނުމަށް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވިއެވެްވެ.
އަދި އިމްރާން އަށް ކާމިޔާބު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށާއި މައްސަލައިގެ ހުކުން އިއްވިއިރު މައްސަލަ އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބެލެވޭ ކަމުގައި ޒާހިރު ވިދާޅުވިއެވެ.
އދ. އިން ވެސް ވަނީ އިމްރާންގެ މައްޗަށް ކޮއްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބުުނެފައިކަމުގައި އޭނަ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުއްމީދު ބޮޑު މި މައްސަލައިގައި ކާމިޔާބު ލިބޭނެ ކަމުގެ. އިމްރާނަށް ހުކުމް ކުރިއިރު އެ މައްސަލަ އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބެލެވޭ. އަދި ފަހުން އދ. އިން ވެސް އެ ވަނީ ބުނެފައި އިމްރާންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
މޭ ޓޭ މުޒާހަރާގައި އިމްރާން އަޑުއުފުއްލެވީ ރައީސް ޔާމިންގެ ސަރުކާރަކީ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ