ވީނުވީއެއް ނޭނގި ހެނބަދޫ ޒުވާނަކު ގެއްލިއްޖެ

ވީނުވީއެއް ނޭނގި ހެނބަދޫ ޒުވާނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ކަމަށާއި އޭނާ ހޯދަން އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާ ގެއްލުނީ ކޮންއިރަކު ކަމެއް ފުލުހުން ވިދާޅެއްނުވެއެވެ.
މުޙައްމަދު އަޒުމީރު އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ